ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މި ކޮންފަރެންސަކީ ޔޫތު މިނިސްޓްރީ އައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތަށް "ނެޝަނަލް ޔޫތު ކޮންފަރެންސް" ބާއްވާނީ މާލޭގައި ހުންނަ ޔޫތު ހަބްގަ އެވެ. މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ އެވެ
މި ފަހަރުގެ ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށައިޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުން ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށް ދިނުމަކީ ވެސް މިކޮންފަރެންސްގެ ބޭނުމެކެވެ.
ކޮންފަރެންސްގައި ޖުމްލަ ހަ މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދާނެ އެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިވެވަޑައިގަންނަވާ ގޮތަށް ެސް ހަމަޖެހިފައިވެ އެވެ.
ގައުމީ ޒުވާނުންގެ ކޮންފަރެންސް ހޯމައިގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ