ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި؛ ޕީއެންސީއަށް 13 މިލިއަން ރުފިޔާ

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މި އަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރުމަށް، ޕާޓީތަކުގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރުމަށް ބޭންކުތަކަށް މިއަދު ފޮނުވައިފި އެވެ.އީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އެމްޑީޕީއަށް ޖަމާކުރަން ފޮނުވާފައި ވަނީ 8.45 މިލިއަން ރުފިޔާ އެވެ. ޕީއެންސީ އަށް 13.31 މިލިއަން ޖަމާކުރަން ފޮނުވާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށް 1.7 މިލިއަން ރުފިޔާ ދޫކުރަން ބޭންކުތަކަށް ފޮނުވި އެވެ.އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ދޫކުރާ ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވަނީ 10،000 މެމްބަރުން ތިބި ފަސް ސިޔާސީ ޕާޓީއަކަށް އެ ޕާޓީއެއްގައި މެމްބަރުން ތިބި ނިސްބަތުން ބޮލަކަށް 193ރ. ދޫކޮށްފައިވާ ކަމަށް ވެސް އީސީން ބުންޏެެވެ.އީސީގެ ވެބްސައިޓުގައިވާ ގޮތުން މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،665 މެމްބަރުން އެބަ ތިއްބެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 43،765 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ