އަދީބުގެ އެމްޓީޑީ އުވާލާ ދަފްތަރުން ވެސް ނަގައިފި

މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލާ ޕާޓީތަކުގެ ދަފްތަރުން ނަގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަަށެވެ.
އެ ޕާޓީގެ ނަން މިހާރު ވަނީ ދަފްތަރުން ނަގާފަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން ޕާޓީއެއްގައި މަދުވެގެން 3,000 މެންބަރުން ހިމެނެން ޖެހެ އެވެ.
އެ ޕާޓީގައި ތިބީ 2272 މެންބަރުންނެވެ. އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުވާލިއިރު އަދީބު އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ