ކަރަންޓުގެ ވިއުގަ އަޕްގްރޭޑްގެ މަސައްކަތަކަށް ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑްގެ މަސައްކަތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ގަލޮޅުގެ އަލިކެލެގެފާނު މަގާއި، ސަހަރާމަގާއި، ނިޔަދުރުގޯޅީގެ އަދި ބޮޑުރަސްގެފާނު މަގުން މިއަދު މެންދުރު 13:30 އިން 15:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅުގެ އަލިކެލެގެފާނު މަގާއި، ސަހަރާމަގާއި، ނިޔަދުރުގޯޅީގެ އަދި ބޮޑުރަސްގެފާނު މަގުން މިއަދު މެންދުރު 13:30 އިން 15:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން. pic.twitter.com/uHsN7eHjS3
— STELCO (@STELCOMALDIVES) August 3, 2023
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ