އައިއޯއައިޖީގެ ކާމިޔާބީއަކީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ނަތިޖާ : މަހްލޫފް

އައިއޯއައިޖީގެ ކާމިޔާބީ އަކީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ނަތިޖާ ކަމަށް ޔޫތް މިނސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަޑަގަސްކަރައިގައި ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވި މިއީ މި ސަރުކާރުން ޤައުމީ ކުޅިވަރު ތަކުގައި ހުރި ތަފާތުކުރުންތައް ނައްތާލާ، އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށްދޭ އެލަވަންސް ހަމަހަމަކޮށް، އަރުތަ ޕްރޮގްރާމުގެ ދަށުން ކުޅުންތެރިން ކްރޮއޭޝިއާގައި ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދީ، ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާ އަދި ޓީޓީ ކުޅޭނެ ރަނގަޅު ފެންވަރުގެ ސެންޓަރުތައް ތަރައްގީކޮށްދިނުމުގެ ނަތީޖާކަން ޔަގީންކަމަށެވެ.
މަހްލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުވައްމުލަގުގައި ގާއިމު ކޮށްފައިވާފަދަ ޓީޓީ ސެންޓަރެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކޮށް ބިދޭސީ ކޯޗަކާއެކު ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ފެށުން ކަމަށެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ތަމްރީނުތަކުގައި އެތައް ވަގުތެއް ހޭދަކޮށް ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތަށް އަދި ބެލެނިވެރިން އެތުލީޓުން އެންމެ ކުޑައިރުއްސުރެ ވެވަޑައިގެންނެވި ޤުރުބާނީއަށް އަދި މިހާރުވެސް ދެއްވާ އެއްބާރުލުމަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.
ހަމަ އެހެންމެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު އަދި އެކްސްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ