ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވައިފިއެވެ.
ގާސިމް ވޯޓު ލައްވާފައިވަނީ މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ހުންނަ، މާފަންނު ހުޅަނގު 1 ވަނަ ފޮށްޓަށެވެ.
ގާސިމްގެ އިތުރުން އެމަނިކުފާނުގެ ރަނިންމޭޓް ޑރ މުހައްމަދު އަމީން އިބްރާހިމް ވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ދާއިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގާސިމްގެ އިތުރުން ދެން ވޯޓުލައްވައިފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުއެވެ.
ޖޭޕީ ކެންޑިޑޭޓް، ގާސިމް ވޯޓުލައްވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ