ދުނިޔޭގެ އެންމެ ބިރުވެރި ހަވޭލިތައް މިހުރީ

ދުނިޔޭގައިވާ އެންމެ ބިރުވެރި އަދި ރޫހާނީ ކަންތައްތައް އެންމެ ގިނަ ކަމަށް މަޝްހޫރުވެފައިވާ ބިނާއަކީ އަޔަރލޭންޑުގައި ހުންނަ "ލީޕް ކާސަލް" އެވެ. މީލާދީން 1250 ވަނަ އަހަރުގެ ތެރޭގައި ބިނާކޮށްފައިވާ މި ގަދީމީ ހަވޭއްޔަކީ އޯކެރޯލް ހާންދާނުގެ އަނިޔާވެރި މަރުތަކާއި، "ބްލަޑީ ޗެޕަލް" ގެ ނަމުން މަޝްހޫރުވެފައިވާ ތަނުގެ އިތުރުން، އިންސާނުންގެ ކަށިތަކުން ފުރިފައިވާ ބިރުވެރި ވަޅުގަނޑެއްގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ.
ދުނިޔޭގެ އެންމެ ބިރުވެރި ހަވޭލިތައް:
ލީޕް ކާސަލް (އަޔަރލޭންޑް):
ދުނިޔޭގެ އެންމެ ބިރުވެރި ބިނާގެ ގޮތުގައި ބެލެވޭ މިތަނުގެ "ބްލަޑީ ޗެޕަލް" ގައި ކާހިނަކު އޭނާގެ އަމިއްލަ ބޭބެގެ އަތުން މަރުވެފައިވާއިރު، މިތަނުގެ އަޑީގައިވާ ކޮޓަރިއަކުން 150 އެއްހާ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެވެއެވެ.
ޗިލިންގްހަމް ކާސަލް (އިންގްލެންޑް):
މިއީ އިނގިރޭސިވިލާތުގައި ހުރި އެންމެ ބިރުވެރި އެއް ބިނާއެވެ. ހާއްސަކޮށް މިތަނުގައިވާ "ބްލޫ ބޯއި" ގެ ރޫހާއި، މީހުންނަށް އަނިޔާކުރުމަށް މާޒީގައި ބޭނުންކުރި ކޮޓަރި މަޝްހޫރެވެ.
ބްރޭން ކާސަލް (ރޫމޭނިއާ):
"ޑްރެކިއުލާ ކާސަލް" ގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ބިރުވެރި ވާހަކަތަކަކާ ގުޅިފައިވާ، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.
ގްލޭމިސް ކާސަލް (ސްކޮޓްލޭންޑް):
މިއީ އިނގިރޭސި ރާނީގެ މަންމާފުޅުގެ އާއިލީ ގެކޮޅެވެ. މިތަން މަޝްހޫރުވެފައިވަނީ އެތަނުގައި ފޮރުވިފައިވާ ބިރުވެރި ސިއްރުތަކާއި ތާރީހީ ހާދިސާތަކުގެ ސަބަބުންނެވެ.
ހިމޭޖީ ކާސަލް (ޖަޕާން):
ޖަޕާނުގައި ހުރި އެންމެ ބިރުވެރި ހަވޭލި ކަމަށް ބެލެވޭ މިތަން ގުޅިފައިވަނީ "އޮކީކޫ" ގެ ހިތާމަވެރި ފޯލޯކްލޯއާއެވެ.
ޕްރެޖަމާ ކާސަލް (ސްލޮވީނިއާ):
ބޮޑު ހޮހަޅައެއްގެ ތެރޭގައި ބިނާކޮށްފައިވާ މި ހަވޭއްޔަކީ ބަދަލުހިފުމާއި ހިޔާނާތުގެ އަނދިރި ތާރީހެއް އޮތް ތަނެކެވެ.
ބުނެވިދިޔަ ހުރިހާ ބިނާތަކަކީވެސް މާޒީގައި ހިނގާފައިވާ އަނިޔާވެރި އަމަލުތަކާއި، ގަތުލުއާންމުތަކާއި، އަދި އިންސާނިއްޔަތާ ހިލާފު ކަންތައްތަކުގެ ސަބަބުން، ބިރުވެރި ވާހަކަތަކާއި ރޫހާނީ ކަންތައްތަކާ ގުޅިފައިވާ ތަންތަނުގެ ގޮތުގައި މަޝްހޫރުވެފައިވާ ތަންތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ