ޓީޗަރުންނަކީ މުޖުތަމައު ކުރިއެރުވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށް ވިދާޅުވެ ޓީޗަރުން މޯޓިވޭޓް ކުރެވޭނެ އުސޫލުތަކެއް ވީހާވެސް އަވަހަށް ގާއިމް ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހަންމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޓީޗަރުން މޯޓިވޭޓް ކުރެވޭނެ އުސޫލުތަކެއް ގާއިމް ކޮށްދިނުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށާއި އެކަން ކުރުމަށް ސާރުކާރުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
"ޓީޗަރުންނަކީ މުޖުތަމައު ކުރިއެރުވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަރާތް. އެ މީހުންނަށް ހިތްވަރު ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ސަރުކަރަށް ގޮވާލަން" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިކަމަށް ގޮވާލައްވާފައި މިވަނީ ސްކޫލްތަކުގެ އޮނިގަނޑަށް ސަރުކާރުން އިސްލާހު ގެނެސް ސްކޫލްތަކުގެ ސީނިއަރ ބައެއް ވަޒީފާތައް އުވާލުމަށް ނިންމާފައިވާތީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މެދުގައި ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ޓީޗަރުން މޯޓިވޭޓް ކުރެވޭނެ އުސޫލުތަކެއް ގާއިމް ކޮށްދިނުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ