ކަރަންޓް އިސްރާފުވުން ހުއްޓުވަން ވާގަނޑު ލުހެލާ!
ބޭނުން ނުކުރާ ވަގުތުތަކުގައި ބޮތްކާއި ޓީވީ އާއި ފަންކާ އާއި އޭސީ ފަދަ ތަކެތި ނިއްވާލަން ބުނަނީ ކަރަންޓުގެ ހަރަދު ކުޑަކުރުމަށެވެ. މިއީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ޓެކްނޮލޮޖީގައި ހުރި އުނިކަމެއްގެ ސަބަބުން އަހަރެމެންނަށް ނޭނގިތިއްބާ ވަރަށް ބައިވަރު ކަރަންޓު އިސްރާފުވެގެންދެ އެވެ. ގޭގައި އުޅެނީ ކުޑަ އިރުކޮޅަކުއޭ އެކަމަކު ކަރަންޓު ބިލުން އެކަމެއް ނުދައްކައޭ ބުނާއިރު އަހަރެމެން މިކަމުގައި ވިސްނާލައިގެން އުޅެންޖެހެ އެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ބުނެފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ އަހަރަކު 80 ބިލިއަން ޑޮލަރުގެ ކަރަންޓު އިސްރާފުވެ އެވެ. މިއީ ކޭބަލް ޓީވީ ބަލަން ބޭނުންކުރާ ސެޓްޓޮޕް ބޮކްސް އާއި ޕްރިންޓަރާއި ގޭމް ކޮންސޯލްތަކާއި މިފަދަ އެކި ފާޑުގެ އިލެކްޓްރޯނިކް ސާމާނުތައް ބޭނުން ނުކޮށް ސްޓޭންޑްބާއި މޯޑުގައި ބަހައްޓާފައި ހުންނައިރު ހިނގާ ކަރަންޓެވެ. ޓީވީ ފަދަ ތަކެތި އަހަރެމެން ސްޓޭންޑްބާއި ގައި ބަހައްޓަނީ ކޮންމެ ފަހަރަކު ގޮސް ކަރަންޓު ސްވިޗް ޖެއްސުމަކީ ބޮޑުކަމަކަށް ވާތީ، ސޯފާގައި އޮވެ ރިމޯޓްކޮންޓްރޯލުން ޓީވީ ހުޅުވާލުމަށެވެ. ތިރީގައި އެ ވަނީ ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ސާމާނަށް ސްޓޭންޑްބައި މޯޑުގައި ހިނގާ އެވްރެޖް ކަރަންޓު، ވޮޓުންނެވެ. އެއާކަންޑިޝަން: 0.9ފޯން ޗާޖަރު: ފޯނަކަށް ނުޖަހާ ކަރަންޓު ދީފައި ހުންއިރު 2.24، ޗާޖުކުރާއިރު 3.68ސީއާރްޓީ ކޮމްޕިއުޓަ މޮނިޓަ: 0.8އެލްސީޑީ ކޮމްޕިއިޓަ މޮނިޓަ: 1.13ކޮމްޕިއުޓަ، ޑެސްކްޓޮޕް: 2.84ކޮމްޕިއުޓަ، ނޯޓްބުކް: 8.9ޑީއެސްއެލް މޮޑެމް: 1.37މައިކްރޮވޭވް އަވަން: 3.08ޓީވީ: 5.15އައިއީއޭ އިން މިދިޔަ އަހަރު އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު އަންނައިރު، އިލެކްޓްރޯނިކް ސާމާނު އޮން ކޮށްގެން ބޭނުންކުރާއިރު ހަރަދުވާ ވަރަށް ސްޓޭންޑްބައި މޯޑުގައި ވެސް ކަރަންޓު ހަރަދުވާނެ ކަމަށެވެ. އައިއީއޭ އިން ލަފާކޮށްފައި ވަނީ 2020 ވަނަ އަހަރު އަންނައިރު ކޮންމެ އަހަރަކު 120 ބިލިއަން ޑޮލަރުގެ ކަރަންޓު އިސްރާފުވާނެ ކަމަށެވެ. ނެޓްވޯކްގައި ބޭނުންކުރާ ޑިވައިސްތައް 2013 ވަނަ އަހަރު ސްޓޭންޑްބައި މޯޑުގައި 616 ޓެރަވޮޓްގެ ކަރަންޓު ހިނގާހާ ވަގުތު ބަހައްޓާފައިވެ އެވެ. "މައްސަލަ އަކީ މިފަދަ ޑިވައިސްތައް ސްޓޭންޑްބައި މޯޑުގައި ބެހެއްޓުމެއް ނޫން. ސްޓޭންޑްބައި މޯޑުގައި ހުންނައިރު ހިނގަންޖެހޭ ވަރަށް ވުރެ މާ ގިނައިން ކަރަންޓު ހިނގާތީ،" އައިއީއޭގެ އެގްޒެކަޓިވް ޑިރެކްޓަރު މާރިއާ ވޭން ޑަ ހޯވަން ވިދާޅުވެފައިވެ އެވެ. އައިއީއޭ އިން ބުނަނީ ނެޓްވޯކް ޑިވައިސްތައް ހަދާފައި ހުންނަ ގޮތުން ސްޓޭންޑްބައި މޯޑުގައި ކަރަންޓު އިސްރާފުވުން ބޮޑު ކަމަށާއި މި މައްސަލަ މިހާރުގެ ޓެކްނޮލޮޖީގައި ހައްލުކުރެވެން އެބަ އޮތް ކަމަށެވެ. މިގޮތުން އެނާޖީ އެފިޝަންޓް އިލެކްޓްރޯނިކް ސާމާނަށް ބަދަލުކޮށްގެން އަހަރަކު 600 ޓެރަވޮޓް އަވާސްގެ ކަރަންޓު ސަލާމަތްކުރެވިދާނެ ކަމަށް އައިއީއޭ އިން ބުނެ އެވެ. މިއީ އާދައިގެ ކޯލް އިންޖީނުގެ 500 މެގަވޮޓްގެ 200 އިންޖީނު ހުއްޓާލުމާ އެއްވަރުގެ ކަމެކެވެ. ބުއްދިވެރި ގޮތަކީ އިލެކްޓްރޯނިކް އެއްޗެއް ގިނައިރު ބޭނުން ނުކޮށް ބަހައްޓާ ނަމަ އެޔަށް ކަރަންޓް ނާންނަ ގޮތަށް މެއިން ސްވިޗުން ކަރަންޓް ކަނޑާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ