ދިވެހި ޤައުމަށް ކުރިމަތިވެފައިވާ މަސްތުވާ ތަކެތީގެ ނުރައްކަލުން ރައްޔިތުން ސަލާމަތްތެރިކަން ހޯދައި ދިނުމުގައި ދިވެހި ފުލުހުން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ކޮންމެ ތަނެއްގައި ތިބިނަމަވެސް އެތަނަކަށް ގޮސް އެމީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ދެކޮޅަށް ބައިނަލް އަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި އިއްޔެ ހެދުނު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ރިޔާޒް ވިދާޅުވީ ރާއްޖޭގައި މަސްތުވާ ތަކެތީގެ މައްސަލަތައް އެއްކޮން ހައްލު ކުރެވޭނީ އެ ތަކެތި ރާއްޖެއަށް އެތެރެވާ މަގުތަށް ބަންދު ކޮށްގެން ކަމަށާއި މިކަން ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި އެކަމަށް ޓްރެއިން ކޮށްފައިވާ ސްނިފާރ ޑޯގް ބޭނުން ކޮށްގެން ހާއްސަ އޮޕަރޭޝަނެށް ހިންގުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ކޮމިޝަނަރ ރިޔާޒް އިތުރަށް ވާހަކަ ދައްކަވަމުން މި ބައްދަލު ވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި މަސްތުވާ ތަކެތީގެ މައްސަލަތައް އިތުރު ވަމުން އަންނަ މި ދަޑިވަޅުގައި ފުލުހުންގެ އިންޓެލިޖެންސް ގެ އެހީގައި ވަރަށް ޕްރޮފެޝަނަލް ގޮތަކަށް މިކަން ކަން ހުއްޓުވައި މިކަމުގައި ހިމެނޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނޭ ކަމަށާއި، އަދި މިފަދަ ފަރާތްތަކަށް ޤާނޫނުގައި ކަޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުތައް ދޭނެ ކަމަށެވެ.
ފުލުހުން މިއަހަރުގެ މިހާތަނަށް ކޯޓު އަމުރުގެ ދަށުން 112 ތަނެއް ބަލައި ފާސްކޮށް އެތަންތަނުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު މަސްތުވާ ތަކެތީގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދިޔަ ދެ ދިވެއްސަކު ވަނީ ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެންނާނަން: ކޮމިޝަނަރ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ