ޕީއައިސީގެ ރައީސް ކަމަށް ޑރ. އަބްދުﷲ ވަހީދު ނައިބަކަށް ޑރ. ހާލާ

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ރައީސް ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ޕީއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވީ ހ. ފަޅަގަޑިގޭ ޑރ. ޢަބްދުﷲ ވަޙީދެވެ. އެ ކޮމިޝަންގެ ނައިބު ރައީސާ ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ހ. މީނާޒް ޑރ. ހާލާ ޙަމީދެވެ. އެ ދެބޭފުޅުންނަކީ މީގެ ކުރިން ވެސް އެ ކޮމިޝަންގެ ދެ މެންބަރުންނެވެ.
ޑރ. އަބްދުﷲ ވަހީދު ޕީއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. އެކަމަނާ އިސްތިއުފާ ދެއްވާފައިވަނީ، ފެބުރުއަރީ އަށްވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން ޚިޔާލު ތަފާތުވުން އުފެދިގެނެވެ. އަދި ޕީއައިސީގެ މަސައްކަތް ގާނޫނުގައިވާ ގޮތަށް ކުރެވުމުން ނުގޮސް މަގުސަދު ގެއްލިފައިވާ ކަމަށް ވިދާޅުވަމުންނެވެ.
"ދި އެޓޯލް ޖަނަލް ފޯ ސްމޯލް ސްޓޭޓް ސެކިއުރިޓީ" ގެ ނަމުގައި ކުދި ގައުމުގެ ސަލާމަތާ ގުޅޭ ގޮތުން ޝާއިއުކުރާ ޖާނަލްގެ ފުރަތަމަ އަދަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އިފްތިތާހުކޮށްފި އެވެ.
ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޖާނަލް އިފްތިތާހްކޮށްދެއްވީ އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން އެވެ. މިރަސްމިއްޔާތުގައި ރާއްޖެއާއި، އެމެރިކާއާ ދެމެދު އޮންނަ އޮތް ޒަމާންވީ މިލިޓަރީ ގުޅުމުގެ މައްޗަށް މިޝެލް ވަނީ އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
އެކަމަނާ ވިދާޅުވީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ކަނޑުފޭރުމާ ދެކޮޅު ހަރަކާތްތަކާއި ހިއުމަން ޓްރެފިކިން އާއި ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އެމެރިކާ އިން 20 މިލިއަން ޑޮލަރުގެ އެހީތެރިކަން ދިވެހި ރާއްޖެ އަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ރޭގެ ރަސްމިސްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އިފްތިތާހު ކުރި ޖަރނަލަކީ ނެޝަނަލް އަދި އިންޓަނޭޝަނަލް ސެކިއުރިޓީއާބެހޭ އެކި ކަންކަމުގައި ބިނާކުރަނިވި އިލްމީ ބަހުސްތަކެއް ކުރެވޭނެ ޕްލެޓް ފޯމަކަށްވެގެންދާނެ ކަމަށާއި ޖަނަލްގެ ފުރަތަމަ އަދަދުގައި ހަމައެކަނި އެމްއެންޑީއެފްގެ އޮފިސަރުންގެ ލިޔުންތައް ހިމެނިފައިވީ ނަމަވެސް ކުރިއަށް އޮތްތާންގައި އެހެން ފަރާތްތަކަށް ވެސް މިޖާނަލްގައި ލިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ޖާނަލްގެ ޗީފް އެޑިޓަރަކީ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ