ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމަށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިސްކަންދެއްވާނެ ހަތް ފިކުރެއް ނުވަތަ ހަތް ވައުދެއް ޤާސިމް ވިދާޅުވެއްޖެއެވެ.
ހދ ނޮޅިވަރަމް ނޫރު ގޮފި އިފްތިތާހް ކުރުމަށް ރޭ ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެކަމަށް ބެލެވޭ ދެ ކެނޑިށޭޓެއްގެ ފިކުރުގެ ވާހަކަ ދެކެވެމުންދާކަމަށެވެ. ނަމަވެސް ރައްޔިތުން މިއަދު ތިން ވަނަ ފިކުރަކަށް އިންތިޒާރުކުރަންވެއްޖެކަމަށާއި އެފިކުރަކީ ޤާސިމްގެ ފިކުރުކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ "ޤާސިމްގެ ފިކުރަކީ"ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ހަމައެކަކީވެސް ބޭސްފަރުވާ ނުކުރެވިގެން މަރުވެގެންދާނެ މީހަކަށް ނުވުންކަމަށާއި ކޮންމެ މީހެއްގެ ދަރިޔަކީވެސް މަތީތައުލީމަށް ހުށައެޅި މަތީ ތައުލީމް ލިބިދެވޭނެ ދަރިއަކަށް ހެދުންކަމުގައެވެ.
އަދި ޤާސިމް ތިން ވަނަ ފިކުރަކީ ޢަދުލު އިންސާފް ޤާއިމްކޮށްދިނުންކަމަށާއި މިޤައުމުގައި އޮންނަންވީ އެއްބަނޑު އެއްބަފާ ވަންތަކަމާއި އަހުވަނަތަކަމާއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވީ އިސްލާމީ އުސޫލްތަކާއި ރިވެތިވެގެންދާ އަހްލާގްގެ މަތިވެރި ސިފަތައް އަޅުގަނޑުމެންގެ ރައްޔިތުންނަށް ހޯދައި ދިނުން ޤާސިމް ވިދާޅުވީ ހަތަރު ވަނަ ފިކުރެއްގެ ގޮތުގައެވެ.
އަދި ދިވެހި ޤައުމަކީ އިއްޒަތާއި ޝަރަފާއި ކަރާމާތުން ފުރިގެންވާ އުފާވެރިކަމާއި އެކު ދެކޭނެ ޤައުމެއްގެ ގޮތުގައި ޤައުމު ވެގެން ދިއުމަކީވެސް ޤާސިމްގެ ފިކުރުކަމަށާއި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަ ވަންތަކަން ދަމަހައްޓާ ނެގެހެއްޓުމަކީވެސް ޤާސިމްގެ ފިކުރުކަމަށް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ މިހާރު ޤައުމުގައި މިއޮތް ނާމާން މީހުންމެރުންފަދަ އަނިޔާވެރި ދުވަސްތަކުން އަލްވަދާއު ކިއުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ. ޤާސިމް ވިދާޅުވީ ފިކުރުގެ ލިސްޓް ދިގުމަކަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހުރިހާ ވާހަކަދެއް ވިދާޅު ނުވެނޭނެކަމުގައެވެ.
ޤާސިމް ވިދާޅުވީ މިހާރު ވެރިކަމަށް ކުރިމަތިލައްވާނެކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޤާސިމަށްވުރެ ޤާބިލް ބޭފުޅަކު އަދި ރައްޔިތުންގެ އިހްސާސްސައް އެނގިވަޑައި ގަންނަވާނެ ބޭފުޅަކު ނުހުންނަވާނެކަމުގައެވެ. އަދި ރައްފުށުގެ ރައްޔިތުން ދިރިއުޅެމުންއާގޮތާއި އަދި މާލޭގެ ރައްޔިތުން ދިރިއުޅެމުންއައިގޮތް އެދުވަހުވެސް އަދި މިއަދުވެސް އެބޭފުޅުންނަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"އެބައިމީހުން ބޭނުންވެފައިވާ ބޭނުންތައްވެސް އަޅުގަނޑު ދަންނަވާނީ މިހާރު ވެރިކަމަށް ނިކުންނަވައިގެން ދައުވާކުރަމުން އެދާ ވެރިންނަށްވުރެ މާ ކައިރިން މާގާތުން އާޅުގަނޑުގެ އިހްސާސްތައް އެބަހުއްޓޭ" ޤާސިމް ވިދާޅުވިއެވެ.
އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ތަނަވަސްކަން ގެނެސްދީ އަދުލު އިންސާފް ޤާއިމްކޮށްދީ ރާއްޖޭގެހުރި މިދަލެއް ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ހަމަހަމަ އުސޫލަކުން ހޯދައިދިނުމަށްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ހަތް ފިކުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ