މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ އޭޓީއެމް މެޝިންތަކުން އެކި މީސް މީހުންގެ އެކައުންޓް ތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މީނާ މިއަމަލު ހިންގަމުންދަނީ ކާރޑް ސެންޓަރުތަކަށް ފައިސާނަގަންދާ މީހުންގެ ތެރެއިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ ނަމުގައި އެމީހުންނަށް ފައިސާނަގައި ދިނުމަށްފަހު އެމީހެއްގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ.
މިމީހާއައި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުން އެދެމެވެ. އަދި ޕޮލިސް ސްޓޭޝަން ނެތްރަށެއް ނަމަ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހުންނަށް މައުލޫމާތު ދިނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.
އޭޓީއެމްތަކުން ފައިސާ ނެގުމަށް އެހީވެދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގަމުންދާ މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ