ހުޅުމާލޭ މަސްރޭސް 60އަށް ވުރެ ޓީމާ އެކު މާދަމާ ބާއްވަނީ

ފަސްދޮޅަހަށް ވުރެ ގިނަ ޓީމާ އެކު 'މައި ހުޅުމާލެ' މަސްރޭސް މާދަމާ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މި މަސްރޭސް ބާއްވާނީ މާދަމާ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.
ތަފްސީލް - ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭ ގޮތަށް މަސްރޭހެއް ބޭއްވުމަށް ނިންމައި މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭހުގައި ބައިވެރިވެގެން:
އެއް ވަނަ ޓީމަކަށް 21،000ރ. 
އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5،000ރ. 
އެންމެ މޮޅު ކެޔޮޅަށް 5،000ރ.
މާދަމާ މަސްރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން 'ސްކޭޓް ސްކޭޕެ'އް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ހަރަކާތް އޮންނާނީ، އެޗްޑީސީން ބުނި ގޮތުގައި، ހަވީރު 4 އިން ރޭގަނޑު 10އަށް ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގަ އެވެ.
ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި މާދަމާ މެންދުރުފަހު 2ގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާހަގަކޮށްލެވޭ - ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން:
އަންނަ ހުކުރު ދުވަހުގެ ހެނދުނު ސައިކްލިން ޗެމްޕިއަންޝިޕެއް 
އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕެއް ވެސް އޮންނާނެ 
ހޮނިހިރު ދުވަހު ބީޗު ފެސްޓެއް ކުރިއަށްގެންދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ