އިންޓަ ސްކޫލް ކެރަމް މުބާރާތް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މިދިޔަ މަހު ކުރިއަށްދިޔަ ގައުމީ ކެރަމް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ. ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ރޭ އޮތް ހަފުލާގައި، މުބާރާތުން ވަނަތައް ހޯދި ކުދިންނާއި ސްކޫލްތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. މި މުބާރާތުގެ ޓީމު އިވެންޓުގެ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ. އަދި އަންހެން ކުދިންގެ ބައިން ތާޖުއްދީން ސުކޫލް ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އިސްކަންދަރު ސުކޫލް ޗެމްޕިއަންކަން ހޯދިއިރު މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި މި އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލެވެެ. މިމުބާރާތުގެ ސިންގަލްސް އިވެންޓުގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ ނިބާލް އަހްމަދެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހަމަ އެ ސުކޫލުގެ ޒަހުވާ ސިރާޖެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އާދަމް ހަލަފް މަތީނެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އައިޝަތު ޝާރިފާއެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސުކޫލުގެ އަބްދުﷲ ޝާމިލެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލުގެ އައިޝަތު ރިފްގާއެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ މިޖީދިއްޔާ ސުކޫލުގެ އިބްރާހިމް ހުޖާނެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލުގެ އައިމިނަތު ވިދާދެވެ. މި މުބާރާތުގެ ޑަބަލްސް އިވެންޓުގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ ހުސެއިން އަލްސަން އިބްރާހިމާއި އިބްރާހިމް ނީޝާމް އަހުމަދެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލުގެ ހައްވާ ސުލެއިމާން އާއި އައިމިނަތު މިޝްފާ މުސްތަފާއެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ މުހައްމަދު ބިލާލް އަހުމަދާއި ޔޫސުފް މިހުރާން މަތީނެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ އައިޝަތު ޝިފްނާ އާއި އައިމިނަތު އަޖުފާން އަހުމަދެވެެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސުކޫލުގެ އަބްދުﷲ ޝާމިލް އާއި މުހައްމަދު ޖިނާހު އިބްރާހިމެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލުގެ އައިޝަތު ރިފްޤާ އާއި ފާތިމަތު މާހާ ޝަމީމެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލުގެ އަބްދުﷲ މާކިން އާއި އަބްދުﷲ އަބާން އާދަމްއެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލުގެ އައިމިނަތު ވިދާދު އާއި މުޒެއިނަތު ރިޔާޒެވެ. ޖަމާލުއްދީން ސްކޫލްގެ އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ޙާއްސަ ކުރެވިގެން ބޭއްވި ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ފާއިގް މުހައްމަދެވެ. އަދި އަންހެން ބައިން ޗެމްޕިއަންކަން ހޯދީ މަރިޔަމް ޝަފްނާ ހުސެއިން އެވެ. މި އިވެންޓުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ ޝުއެއިބް އަދި މުހައްމަދު އައްވާމެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހައްވާ ޔުމުން ޝަމީން އާއި މަރިޔަމް ޝަފްނާ ހުސެއިންއެވެ. މިމުބާރާތުގައި މާލޭގެ ސަތާރަ ސުކޫލަކުން 385 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ