މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމް މި އަހަރު ވެސް އޮންނާނެ
ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މައުމޫން ފައުންޑޭޝަނުން މި ރޯދަ މަހު ވެސް ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވާ މި ޖަމާއަތުން ވަނީ މިދިޔަ ތިން އަހަރު ވެސް ރަމަޟާން މަހު ދީނީ ނަސޭހަތް ދިނުމާއި ގުރުއާން ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ. މައުމޫން ފައުންޑޭޝަނުން ބުނީ މި ފަހަރުގެ ޕްރޮގްރާމްގައި ޖަލްސާތައް އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 10، 17، 24 އަދި 31 ވަނަ ދުވަހުގެ ރޭ 10:00 ގައި ޖަލްސާތައް އޮންނާނެ ކަމަށް ބުންޏެވެ. އިހްޔާކުރުމުގެ ފުރަތަމަ ޖަލްސާގައި މާދަމާ ރޭ ވާހަކަފުޅު ދައްކަވާނީ މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމް ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ