ތަފާތު ޖިނާއީ ބޮޑެތި މައްސަލަތައް ކޮންމެ ދުވަހު ތަވާލު ކުރާ ކްރިމިނަލް ކޯޓްގައި މިއަދަށް ޝެޑިއުލްކޮށްފައިވަނީ ހުސް މަސްތުވާތަކެތީގެ މައްސަލަތަކެވެ.
އެ ކޯޓުން މިއަދު އާންމުކުރި މައްސަލަތަކުގެ ޝެޑިއުލް ދައްކާ ގޮތުން އެހެން ބާއްވާތެއްގެ އެއްވެސް މައްސަލައެއް ތަވާލުކޮށްފަ އެއް ނުވެއެވެ. އެ ގޮތުން މިއަދު މުޅިން ވެސް ހިމަނާފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުކުރި ކަމުގެ ކުށުގައި ދައުވާ ލިބޭ މައްސަލަތަކެވެ.
ކޯޓްގެ މީޑިޔާ ކޯޑިނޭޓަރު އަހުމަދު މުހަންމަދު މަނިކު ވެސް މިއަދު ވިދާޅުވީ މިއަދަށް ޝެޑިއުލްކޮށްފައިވަނީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި، އެގޮތަށް ހަމަޖެއްސީ ކްރިމިނަލް ކޯޓު ރެސިސްއަށް ދާން ތައްޔާރުވެފައިވާތީ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓް ރެސިސްއަށްދަނީ ކޮން ދުވަހަކު ކަމެއް އަދި އެއީ ކިތައް ދުވަހަށް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި ތަފާތު އެކިއެކި ބާވަތުގެ މައްސަލަތައް ބަލާ ޝެކްޝަންތައް ހުރިއިރު މަސްތުވާތަކެތީގެ މައްސަލަތައް ބަލަނީ އަވަސްނިޔާ ޝެކްޝަނުންނެވެ.
ނިއުޔޯކް (ޖޫން 13) - ސޫރިޔާގައި ހިނގަމުންދާ އަހުލީ ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރާލާފައިވާ ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
ހަނގުރާމަތަކާއި ގުޅިގެން ކުޑަކުދިންގެ ހާލަތުގެ މައްޗަށް ބަލައި އދ. އިން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ، 2011 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައިވާ ކަމަށާއި، ހަމަނުޖެހުންތައް ކުރިއަށްދާއިރު އެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެ ހަމަނުޖެހުންތަކުގައި މަރުވި ކުޑަކުދިންގެ އަދަދު ހިމަނާފައެއް ނުވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ، ސޫރިޔާގެ ހަމަނުޖެހުންތަކުގައި ހަނގުރާމަވެރިންނާއި، ސިފައިން ވެސް ކުޑަކުދިން ހަމަލާތަކުގެ ނިވާފަތްގަނޑަކަށާއި، އަދި އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ކަމަށާއި، މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަމަނުޖެހުންތަކުގައި ކުޑަކުދިންނަށް އަސަރުކޮށްފައިވާ 21 ޤައުމެއްގެ ހާލަތު ދިރާސާކޮށް އެކުލަވާލާފައިވާ މި ރިޕޯޓުގައި ބުނަނީ އިދިކޮޅު ހަނގުރާމަވެރިންނާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންނަށް ސޫރިޔާގެ ސިފައިން ރަހުމުކުޑަ ލާ އިންސާނީ އަދަބުތައް ދީފައިވާކަން ސާބިތުވާ ކަމަށެވެ. މުޅި ދުނިޔެއިން ވެސް އެންމެ ގިނައިން ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދީފައިވާ ޤައުމަކީ މިހާރު ސޫރިޔާ ކަމަށާއި، ސޫރިޔާގައި ކުޑަކުދިންނަށް އެތަކެއް އަނިޔާ ދީފައިކަމަށް ވެސް އެ ރިޕޯޓް ބުނެ އެވެ. އެގޮތުން ގުވަންތައް ބުރި ކުރުމާއި، ގުވަންތައް ބޭނުން ނުކުރެވޭ މިންވަރަށް އަނިޔާދިނުމުގެ އިތުރުން ހިފާ ހައްޔަރު ކުރުމާއި ލާ އިންސާނީ އަނިޔާތައް ދިނުން ހިމެނެ އެވެ.
ހަނގުރާމަވެރިން ގިނަ ފަހަރު ކުޑަކުދިންގެ ބޭނުން ހިފަމުންދަނީ، ހަނގުރާމަވެރިންނަށް ބޭނުންވާނޭ ތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ހަތިޔާރު އުފުލުމުގައި ކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، އެ ރިޕޯޓުގައި ސޫރިޔާގެ ހާލަތާއި މެދުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ސޫރިޔާގެ އިތުރުން މި ލިސްޓުގައި ފުރަތަމަ ފަހަރަށް އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީ ހިމެނި އެވެ. ދެން މި ލިސްޓުގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި، ސްރީލަންކާ އާއި ނޭޕާލާއި މިޔަންމާ، ސޫދާން އަދި ސޯމާލިޔާ ހިމެނެ އެވެ. - ބީބީސީ
ކްރިމިނަލް ކޯޓުން މިއަދަށް ތަވާލު ކުރީ ހުސް މަސްތުވާތަކެތީގެ މައްސަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ