އޭދަފުށީގެ ކަރަންޓުގެ މައްސަލަ ހައްލުވެއްޖެ

އޭދަފުށިން އިއްޔެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވި ނަމަވެސް މިހާރު ހައްލު ހޯދާފައިވަ ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަަށް މައުލޫމާތު ދެއްވަމުން ތޮލާލް ވިިދާޅުވީ ކަރަންޓު ކަނޑާލަން ޖެހުނީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަަކަަށް ހައްލު ހޯދުމުގެ ގޮތުން ކަމަށެވެ. އަދި ކަރަންޓު ކަނޑާލާފައިވަނީ ގަޑިއިރަކު 30 މިނެޓުން އެކި ސަރަހައްދުތަކުން ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރަން ކުރި މަސައްކަތުން ރޭ މެންދަމު 12:00 ޖަހާ އެހާއިރު މައްސަލަައަށް ހައްލު ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ކަރަންޓު ކެނޑިފައި ނުވާ ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ.
ޖެނެރޭޓަރުތަކަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް މީގެ ކުރިންވެސް އޭދަފުށީގެ ބައެއް ސަަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވެ އެވެ.
އޭދަފުއްޓަކީ ރާއްޖޭގައި އެންމެ ތަރައްގީ އެއް ރަށުގެ ތެރޭގައި ހިމެނޭ ރަށަކަށް ވެފައި އިގްތިސޯދީ ގިނަ ހަރަކާތްތަކެއް ވެސް ހިނގާ ރަށަކަށްވާތީ ރަށުން ކަރަންޓް ކެނޑޭ މައްސަަލަ ހައްލުކުރުމަށް ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭދަފުށި ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ