ޕީޕީއެމް / ޕީއެންސީ އާއި އެކު މަޖިލީހުގެ ތެރެއިން މަސައްކަތްކުރަން ނިންމި ނަމަވެސް، ސަރުކާރު ކޯލިޝަން ދެމިއެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މާފަންނު ކުނޫޒުގައި ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް ވިދާޅުވީ ޕީޕީއެމް / ޕީއެންސީގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ވެރިކަމަށް އައުމަށް ޕާޓީތަކުން ގުޅިގެން އެކުލަވާލި ކޯލިޝަން ސަރުކާރު ދެމިއެބައޮތް ކަމަށެވެ.
ގާސިމް ވިދާޅުވީ އެއްބަސްވުމުގެ ބަޔަކާއި ޚިލާފުވުމަކީ ކޯލިޝަން ނެތިގެން ދިޔުން ނޫން ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކުރުމަށް ވަކިގޮތަކަށް ކުރިއަށް ދިއުމަކީ ކޯލިޝަނާ ގުޅޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެރިކަމަށް އައީ ޕާޓީތަކުގެ މެނިފެސްޓޯ އަކާ އެކު ރައްޔިތުންންނަށް ވަޢުދުތަކެއް ވުމަށްފަހު ކަމަށެވެ.
މަޖިލީހުގެ ތެރެއިން ކޯލިޝަނުން އެއްބަސްވާ އެއްބަސްވުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން މިހާރުވެސް ޖޭޕީގެ ބިލްތައް ސަރުކާރުގެ ނަމުގައި ހުށަހެޅުމަކީ ކޯލިޝަން ދެމިއޮތްކަމުގެ ހެއްކެއް ކަމަށްވެސް ޖޭޕީގެ ލީޑަރު ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގައި އެކީގައި ކުރިއަށްދާން ވެފައިވާ އެއްބަސްވުމާ އެމްޑީޕީން ޚިލާފުވުމުން ޖޭޕީންވެސް މަޖިލީހުގައި މަސައްކަތްކުރުމަށް ކުރެވެންހުރި ކަންކަން ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެންބަރުން މަޖިލީހަށް ހޮވިގެން އައިސްވެސް ސަރުކާރު ކޯލިޝަން ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. ގާނޫނުއަސާސީއާ ގާނޫނުގައި ބުނާ އިންތަކާ މިންތަކާ ހަމަތަކުގެ ތެރެއިން. އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާކަށް ނެތިން އަޅުގަނޑުމެން ކޯލިޝަން އެގުރިމެންޓް ނެތެކޭ،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަން ދެމި އެބައޮތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ