ޑަބްލިއުއެޗްއޯއިން ސްކޫލުތައް އަލުން ހުޅުވަން އެހީވަނީ

ރާއްޖޭގެ ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން އިއްޔެ ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަވައިފައެވެެ.
އެ ބައްދަލުވުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް އަލުން ފެށުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން “ސެނިޓައިޒް” ކުރުމަށް ބޭނުންވާ ތަކެއްޗާއި އަދި އެކަމަށް މީހުން ތަމްރީންކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވެފައިވާ ކަމަށެެވެ.
ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސްކޫލްތައް މިދިޔަ މާޗް މަހުން ފެށިގެން އޮތީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ