ބެސްޓް ފެމިލީ ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
ރ.އުނގޫފާރު، ދިލްބަހާރުގެ ޢާއިލާގެ މެންބަރުން ހިމެނޭ “ބެސްޓް ފެމިލީ” ވައިބާ ގުރޫޕުގައި މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ބާއްވާ ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ދީފިއެވެ.މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން ކުރިއަށް ދިޔައީ ހޮނިހިރު ދުވަހު ހަވީރު ރ.އުނގޫފާރު، އަމަން ގޭގައި މިކަމަށްޓަކައި ބޭއްވި ޙާއްސަ ހަފުލާއެއްގައެވެ. މި ހަފުލާގައި ވަނީ މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާ ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްފައެވެ. ވަނަތަކަށް ނުހޮވުނު ނަމަވެސް މުބާރާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް ވެސް މި ހަފުލާފައި އިނާމެއް ލިބިގެން ގޮސްފައިވެއެވެ.ޖުމްލަ 18 ބައިވެރިން ބައިވެރިވި މި މިބާރާތުގައި އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ކޮށްފައި ވަނީ ޖުމްލަ 5 ސުވާލެވެ. އެހެން އަހަރުތަކުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސުވާލެއް ކުރާ ގޮތަށް ކުރިއަށް ދިޔަ ނަމަވެސް މިފަހަރު 5 ސުވާލަށް މަދުކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންއެއްގައި ތިބެން ޖެހުމުގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން ބައިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.މުބާރާތުގައި ކުރެވުނު 5 ސުވާލަށް 16 ބައިވެރިއަކު ވަނީ ރަނގަޅު ޖަވާބު ދީފައެވެ. އެހެން ކަމުން މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާފައި ވަނީ މި 16 ބައިވެރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. މި ގުރުއަތުލުމުން 1 ވަނަ އަށް ހޮވިފައި ވަނީ ދުންޔާ ސައީދު، އަމަން، ރ.އުނގޫފާރު އެވެ. އަދި 2 ވަނަ އަށް ސަޒިއްޔާ ސައީދު، އަމަން، ރ.އުނގޫފާރު ހޮވިފައިވާއިރު 3 ވަނަ ލިބިފައި ވަނީ އައިމިނަތު ނަޒުހާ، ފަށަލަ، ރ.އުނގޫފާރު އަށެވެ. މި މުބާރާތުގެ 1 ވަނަ އަށް 2000ރ ގެ ފައިސާފެ އިނާމު، 2 ވަނަ އަށް 1000ރ އަދި 3 ވަނަ އަށް 500ރ ގެ ފައިސާގެ އިނާމު ލިބިގެންގޮސްފައިވެއެވެ.މީގެ އިތުރުން މި ހަފުލާގައި ވަނީ މި މުބާރާތަށް އެކި ގޮތް ގޮތުން އެހީވީ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި އުނގޫފާރަށް އެކި ގޮތް ގޮތުން ޚިދުމަތް ކުރަމުންދާ 2 ފަރާތަކަށް މި ހަފުލާގައި ވަނީ ބެސްޓް ފެމިލީގެ ފަރާތުން އެކަން ފާހަގަކޮށް ޙާއްސަ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ހަނދާނީ ފިލާ ހަވާލުކޮށްފައި ވަނީ އުނގޫފާރުގެ ޚަބަރުތައް ފޯރުކޮށްދިނުމަށް އުނގޫފާރު.ކޮމް އިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އުނގޫފާރު.ކޮމް ހިންގާ އުފާ ޖަމިއްޔާއަށާއި ރަށުގައި ހިނގާ އެކި ކަންކަމުގައި އެކި ގޮތްގޮތުން ވަމުންދާ އެހީތައް ފާހަގަކޮށް އުނގޫފާރުގެ ޒުވާން ވިޔަފާރުވެރިޔާ ޔޫއެޗްއެލް ޓްރޭޑްސްގެ ވެރިޔާ ޙުސެއިން ފަހުމީއަށެވެ.1441 ވަނަ އަހަރު ރަމަޟާން މަހު ބެސްޓް ފެމިލީން ބޭއްވި ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާގައި ޒުވާން ވިޔަފާރިވެރިޔާ ޙުސެއިން ފަހުމީއަށް ޙާއްސަ ހަނދާނީ ފިލައެއް އެރުވުންމި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ޖަމިއްޔަތުއް ސައިފްގެ ރައީސް ޙުސެއިން ހަމީދުއެވެ. ޙުސެއިން ހަމީދުގެ ވާހަކަފުޅުގައި ދިނީ ޢިލްމު ފެތުރުމަށާއި ޢާއިލީ ގުޅުން ވަރުގަދަ ކުރުމަށް ބެސްޓް ފެމިލީގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ފުރިހަމަކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި މި މަސައްކަތަށާއި މިގޮތަށް ބާއްވާ އެކު ކުއިޒްތަކުގައި ޖަމިއްޔަތުއް ސައިފުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.1441 ވަނަ އަހަރު ރަމަޟާން މަހު ބެސްޓް ފެމިލީން ބޭއްވި ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާގައި “އުނގޫފާރު.ކޮމް” އިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އެރުވުންހުސެއިންގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ ޢާއިލާއްގެ އެންމެ ބޮޑު މަސްޢޫލިއްޔަތެއް ކަމުގައި ވާން ވާނީ ދީނީ ޢިލްމު އުގެނި އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތުވާ ޖީލެއް ބިނާ ކުރުން ކަމަށާއި އެ ނަމޫނާ ބެސްޓް ފެމިލީގެ ފަރާތުން އަބަދުވެސް ދަނީ ފެންނަމުންކަން ވަނީ ފާހަގަކުރައްވާފައެވެ.ބެސްޓް ފެމިލީގެ ފަރާތުން މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ރަމަޟާން މަހު ވެސް މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. ބެސްޓް ފެމިލީގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގެ ސަބަބުން ޢާއިލާގެ ތެރޭގައި އެކުވެރިކަމާ އަޚުވަންތަކަމުގެ ގުޅުން ބަދަހިވެ، ދީނީ ހޭލުންތެރިކަމާ ޢިލްމު ފެތުރިގެން ދިއުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. އަދި މިފަދަ ކަންކަމަކީ އުނގޫފާރުގެ ކޮންމެ ޢާއިލާއްގެ ތެރޭގައި ވެސް ނުވަތަ ރާއްޖޭގެ ކޮންމެ ޢާއިލާއެއްގެ ތެރޭގައި ވެސް ކުރުން ވަރަށް ރަނގަޅުކަމެއް ކަމުގައި ބެސްޓް ފެމިލީގެ ފަރާތުން ފާހަގަކުރިއެވެ. ޓެގްބެސްޓް ފެމިލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ