ރައީސް މައުމޫން ގެއަށް ބަދަލުކުރެއްވުމަށް މެންބަރު ލަތީފު ގޮވާލައްވައިފި

ކުރީގެ ރައީސް މައުމޫން އަބުދުލްޤައްްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކުރެއްވުމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު ގޮވާލައްވައިފި އެވެ.
މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލްޤައްޔޫމުގެ ސިއްޙީ ހާލުކޮޅު ގޯސްވެ، ފަރުވާދޭން ފަށާފައިވާކަމުގައި ރައީސް މައުމޫނުގެ އަރިސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ިމިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ވަރަށްބޮޑަށްދެރަވެ އެމަނިކުފާނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ނުކުޅެދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލައްވާކަމަށެވެ.
ރައީސް މައުމޫނުގެ ސިއްޙީ ހާލުކޮޅު ސީރިއަސް ނަމަވެސް އެމަނިކުފާނު މާލެގެނެސް ފަރުވާދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ދެކޮޅު ހަދަމުންދާކަމަށް މައުމޫން ރިފޯމް މޫވުންމެންޓްގެ ހަރަކާތުގެ އޮފިޝަަލަކު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ