އެމްއެމްޕީއާރްސީގެ ިޔާނާތުގެ މައްސަލަ ފަޅާއަރުވާލި ގާސިމް ބައިނަލްއަގްވާމީ އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ.މިއީ ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ނޫސްވެރިންނާއި ޕްރޮސެކިއުޓަރުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ޖަމާއަތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލައި މީހުންނަށް ހާއްސަކޮށްފައިވާ އެވޯޑެކެވެ.
ފ.ނިލަންދޫގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމް ފެބްރުއަރީ 18ގައި ހައްޔަރު ކޮށަްފައިވަނީ ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ އުފުލާފައިވާ ދައުވާއަކާއި ގުޅިގެންނެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ގޮތުގައި ބެލެވިފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާއި ގުޅުން ހުރި ބައެއް ލިޔުންތައް އާންމުކުރި މައްސަލާގައި ގާސިމްގެ މައްޗަށް ކޮށްފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ޖަމްއިއްޔާއިން މީގެ ކުރިން ބުނެފައިވަނީ ގާސިމް ފަދަ މީހުންނަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ބައެއް ކަމަށާއި އެފަދަ މީހުން ހައްޔަރުކޮށް ދައުވާ ކުރުމުގެ ބަދަލުގައި ދޭންޖެހޭނީ ހިމާޔަތް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލި ގާސިމް އެންޓިކޮރަޕްޝަން އެވޯޑަށް ނޮމިނޭޓް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ