25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހުކޮށްފި

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުހައްމަދު ވިދާޅުވީ، ސޯލާ ހަކަތަ ބޭނުންކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
- ރ. އަތޮޅުން: އަލިފުށި، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް އަދި ހުޅުދުއްފާރު.
ޕޮއިސްޑް މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި މަސައްކަތް ނިމި، 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީ ވަނީ ގާއިމުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ. މިހާރު މަސައްކަތް ހިނގަމުންދާ އިތުރު 23 ރަށެއްގެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ