ނިކާރާގުއާގައި މީގެފަހުން އެއްވެސް އިންތިހާބެއް ނޯންނާނެކަން އެ ގައުމުގެ ރައީސް އިއުލާންކުރައްވައިފި

ނިކަރާގުއާގައި ދެން އިތުރަށް އިންތިހާބުތައް ނުބާއްވާނެ ކަމަށް އެ ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރައްވަމުން އަންނަ ރައީސް ޑެނިއެލް އޯޓޭގާ ވިދާޅުވެއްޖެ އެވެ.
މިއާއެކު، އަންނަ އަހަރު އޭނާގެ ރިޔާސީ ދައުރު ހަމަވާއިރު އިންތިހާބަކުން ވެރިކަން ބަދަލުކުރުމުގެ ފުރުސަތު އެއްކޮށް ބަންދުވެ، އޭނާ އާއި އަނބިކަނބަލުން އެކުގައި އެ ގައުމުގެ ހުރިހާ ބާރެއް ހިސޯރުކޮށްގެން ކުރިއަށްގެންދާ ވެރިކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ. 
2007 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ވެރިކަން ކުރައްވަމުން އަންނަ އޯޓޭގާ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވޭނެ އެންމެހައި މަގުތައް ބަންދުވެގެންދާނެ ކަމަށެވެ. 
"އެ މީހުން ވެރިކަން ފޭރިގަތުމަށްޓަކައި ދެން މި ޤައުމަކު އެއްވެސް އިންތިހާބެއް ނޯންނާނެ. "އެމެރިކާ އާއި ސޮމޯޒާގެ ތާއީދު އޮންނަ ގައުމުތަކުން އަލުން ވެރިކަމަށް އަންނަން މަސައްކަތްކުރި ދުވަސްތައް އެ ނިމުނީ، ދެން އެކަމެއް ނުވާނެ،" 1979 ވަނަ އަހަރުގެ އިންގިލާބުގެ  ދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޯރްތޭގާ އިތުރަށް ވިދާޅުވިއެވެ 
ނިކަރާގުއާގައި އެންމެ ފަހުން 2021 ގައި ބޭއްވި އިންތިހާބަކީ، އޯޓޭގާ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިން ހައްޔަރުކޮށް، ހިޔާލުފާޅުކުރުން މަނާކުރުމާ ގުޅިގެން ނަތީޖާއާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނު އިންތިހާބެކެވެ.
މިދިޔަ އަހަރު ގާނޫނުއަސާސީއަށް ސިލްސިލާ ބަދަލުތަކެއް ގެންނަވައި، އޭނާގެ އަނބިކަނބަލުން ރޮސާރިއޯ މުރީޔޯ "ކޯ-ޕްރެޒިޑެންޓް"ގެ ގޮތުގައި އޯޓޭގާ ހަމަޖެއްސެވި އެވެ. އަދިރިޔާސީ ދައުރު ހަ އަހަރަށް އިތުރުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ