ސިއްހީ ދާއިރާއަށް ތަފާތު ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހެލެތް މިނިސްޓްރީ މިއަދު ބުނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފަވާ ކަަމަށެވެ.
ތިން ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ހިދުމަތްދެވޭ ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑާއި ފާހަގަ ކޮށްލެވޭފަދަ ހިދުމަތެއް ސިއްހީ ދާއިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯޑުގެ އިތުރުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑެވެ.
މި އެވޯޑުތައް ދޭން ނިންމައި އެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި ދުނިޔޭގެ ސިއްހަތު ދުވަހު ރަސްމިއްޔާތުގަ އެވެ.
މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ ވަނީ މިއަހަރުގެ ނިޔަލަށެވެ.
ސިއްހީ ދާއިރާގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ