ދިވެހިރާއްޖެ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާސަންދައިގެ ދަށުން އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.
ރާއްޖޭގެ ނޫހެއް ކަމަށްވާ، މިހާރު އޮންލައިންއަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދިން އިންޓަވިއުއެއްގައި ވިދާޅުވީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ބޭރަށް ދާން ހުށަހަޅާ ފަރާތްތައް އަމްރިތާ ހޮސްޕިޓަލަށް ފޮނުވުން މެދުކަނޑާލައިފައިވާ ކަމަށެވެ. އަދި، އެއްބަސްވުން މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
"އާ ކޭސްތައް ފޮނުވުން މި މަޑު ޖައްސާލީ." އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް، އެ ހޮސްޕިޓަލުން މިހާރު ވެސް ފަރުވާ ހޯދަމުންދާ މީހުންނަށް ކުރިއެކޭ އެއްގޮތަށް ފަރުވާ ލިބޭނެ ކަމަށް ޒީނިޔާ އެ ނޫހަށް ވިދާޅުވި އެވެ.
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަކީ އާސަންދައިގެ ދަށުން ވަރަށް ގިނަ ބަލިމީހުން ފަރުވާ ހޯދަންދާ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ހައްލުވާނެ ވަކި ތާރީހެއް ޒީނިޔާ ވިދާޅެއް ނުވެ އެވެ.
އާސަންދައިގެ ދަށުން އަމްރިތާ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ