މިނިވަން ދުވަހާއި ގުޅުވައިގެން "މިނިވަން ރަން"ގެ ނަމުގައި ޚާއްސަ ދުވުމެއް

މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން "މިނިވަން ރަން" ބޭއްވުމަށްޓަކައި، ވީ ރަން މޯލްޑިވްސް އާއި ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ވުޒާރާގާއި އޮތް ރަސްމިއްޔާތުގައި ވީ ރަން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ހައްވާ ނީލާއެވެ. ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ.
"ވީ ރަން" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޒިނާން ބުނީ، ވީރަން މޯލްޑިވްސްއަކީ އިޖުތިމާއީ ކަންކަން ކުރިއެރުވުމުގެ މަގުޞަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި މިއަހަރު ވީރަންގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށް، ހަރަކާތްތައް ފުޅާކުރަން ފެށިއިރު، މިނިވަން ދުވަހާ ގުޅުވައިގެން އިޖުތިމާއީ ހަރަކާތެއް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް ޒިނާން ބުނިއެވެ.
ޒިނާން ބުނީ އެންމެ ފުރަތަމަ ރޭވީ ރާއްޖޭގެ ފަސް ސިޓީއެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް، މިއަހަރު މާލޭގައި މި ހަރަކާތް ބޭއްވުމަށްފަހު، އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށް މި ހަރަކާތް ފުޅާކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވީރަން އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެވޭނެކަށް ފާހަގަކުރިއެވެ.
"ރަންގައި ބައިވެރިވާން ޖެހޭނީ ވީރަން އެޕް މިހާރު ޕްލޭ ސްޓޯރުން އަދި އެޕަލް ސްޓޯއިންވެސް ލިބިލައްވާނެ، އެޕް ޑައުންލޯޑްކޮށްލެއްވީމައި ވަރަށް ފަސޭހަވާނެ، އެއްވެސް ރެޖިސްޓްރޭޝަނެއްވެސް ނީންނާނެ ،އެޕަލް އެކައުންޓެއް ގޫގަލް އެކައުންޓަކުން ސައިން ވެލެވޭނެ" ޒިނާނު ބުންޏެއެވެ.
މި ރަންގައި ދުވުމަށް ހަމަޖެހިފައިވަނީ 5 ކިލޯމީޓަރަށްކަމަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މިރަންގައި 2000 މީހުނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް ވީ ރަން މޯލްޑިވަސްއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ