ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އެންމެ ބޮޑު ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ ނިއްވާލަންޖެހުމާއި ގުޅިގެން ކަރަންޓް ބޭނުންކުރާ ވަރު މަދުކުރުމަށް އެ ކުންފުނިން އިލަތިމާސްކޮށްފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން، ޖަނަރޭޓަރު ހިންގޭ ހާލަތަށް ގެނައުމަށް ބޮޑު މަރާމާތެއް ކުރުމަށްޓަކައި ނިއްވާލާފައިވާ ކަމަށެެވެ.
އޭނާ ވިދާޅުވީ ކަރަންޓު ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދޭ ވަރު މަދުވާނެ ކަމަށެވެ.
"ޖަނަރޭޓަރަށް ވަނީ ޓެކްނިކަލް ވަރަށް ބޮޑު މައްސަލައެއް ދިމާވެފައި. މިއަދުން މިއަދަށް ހައްލުކުރެވޭ ވަރު މައްސަލައެއް ނޫން އެއީ. އެ މައްސަލަ ހައްލުކުރަން ބޭރުންވެސް ބައެއް އެއްޗެހި ގެންނަންޖެހޭ،" ރައޫފް ވިދާޅުވި އެވެ.
އެހެންކަމުން ކަރަންޓް ބޭނުންކުރާ ވަރު މަދު ކުރުމަށާއި މަތީ ކަރަންޓު ބޭނުންވާ ތަކެތި ބޭނުން ކުރުމުގައި މިވަގުތަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނި އިލްތިމާސްކޮށްފަ އެވެ.
"މިދުވަސްކޮޅު މޫސުން ގޯސްވީމަ ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވާނެ. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މިއަދު އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑަން ނުޖެހޭނެ ކަމަށް،" ރައޫފު ވިދާޅުވި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންްޓް ބޭނުންކުރާ ވަރު މަތިވާނަަމަ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އެންމެ ބޮޑު އިންޖީނު ހަލާކުވުމުން ކަރަންޓް ކަނޑަންޖެހިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ