އިރުމަތީ ގުދުސްގައު މަގުމަތީގައި ހުރި އާމުންގެ މީހެއްގެ ގަޔަށް އިސްރާއީލްގެ ލާއިންސާނީ ސިފައިން ބަޑި ޖަހާ ޝަހީދު ކޮށްލައިފިއެވެ.
މަންޒަރުދުއް މީހުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިސްރާއީލް ސިފައިން ޝަހީދު ކޮށްލާފައި ވަނީ 22 އަހަރުގެ މުނީރު އަހުމަދު ބަދަރީން ކިޔާ ޒުވާނެއް ކަމަށެވެ.
މުނީރުގެ ގަޔަށް އިސްރާއީލްގެ ސިފައިން ދެވަޒަން ޖެހި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި އޭނާ އަށް އެހީވުމަށް އައި މީހުންނަށް އޭނާ އާއި ކައިރި ވުމުގެ ހުއްދަ އިސްރާއީލް ސިފައިން ދިނީ ވެސް އޭނާ ޝަހީދުވި ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަތިޔާރެއް ނެތި ހުރި މީހެއްގެ ގަޔަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގައި ހަނގުރާމައިގެ ޖަރީމާ އެއްގެ ގޮތުގައި ބަލާ ކަމެކެވެ. ނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަހު އެކަނި ވެސް އިސްރާއީލްގެ ލާއިންސާނީ ސިފައިން ވަނީ ހަތިޔާރެއް ނެތި ތިބި އެތައް އާމުންނަކާއި ކުޑަކުދިންނަކާއި އަންހެންނަކަށް ހަމަލާދީ އެމީހުން ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުން މިހާރު ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ދަށުން އިރުމަތީ ގުދުސް އިން އެކަނި ވެސް އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
އިސްރާއީލުން ފާއިތުވި ހަތް ދުވަހު ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 176 އަރާފައެވެ. އޭގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިންނާއި 19 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.
އިރުމަތީ ގުދުސްގައި ފަލަސްތީންގެ މީހެއްގެ ގަޔަށް ބަޑި ޖަހާ ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ