ހޯމަ ހިސާބުގައި މޫސުން ރަނގަޅުވާނެ - މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުޑަވެ މޫސުން ރަނގަޅުވާނީ ހޯމަ ހިސާބުގައި ކަމަށް މޫސުމާ ބެހޭ އިދާރާ، މީޓިއޮރޮލޮޖިކަލް ސެންޓަރުން (މެޓް) ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ އަންނަ ހޯމަ ދުވަހާ ހަމައަށްވެސް ކުރާނެ ކަމަށެވެ. އަދި މޫސުން ރަނގަޅުވާނީ ހޯމަ ހިސާބުގައި ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެޓް އޮފީހުން މިހެން ބުނެފައިވާއިރު އެ އޮފީހުން ވަނީ މިރޭ 21:00 އާއި 00:00 އާ ހަމައަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ. އެގޮތުން މިހާރު މެދު ރާއްޖެތެރެއަށް ވިލާގަނޑުގައި 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެއޮފީހުން ބުނެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލު ވުމަށްވެސް އެއޮފީހުން އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ