ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ދީދީ އައިސީޔޫގައި

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީ އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑިމިޓްކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީ އެޑްމިޓްކުރެއްވީ، ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން މިރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ވަޑައިގަތުމުން ހާލުކޮޅު ގޯސްވުމާއި ގުޅިގެންކަމަށް ވެ އެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ދީދީ ގާތް ބޭފުޅަކު ވިދާޅުވީ، ދީދީ އަކީ ހިތުގެ އާލާސްކަންފުޅަށް މީގެ ކުރިންވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި އެޑްމިޓްކުރީ "ކާޑިއޯ ތްރެޓް"އެއްގެ ސަބަބުން ކަމަށެވެ.
ދީދީ އައިސީޔޫގައި އެޑްމިޓްކުރައްވާފައިވާއިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ދީދީގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާފާ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި ދީދީ ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ