އިދިކޮޅު އިއްތިހާދު ހުއްޓުވަންޖެހޭ، އެ އިއްތިހާދުގައި މާފިއާ ހިމެނޭ: އަލްހާން

އިދިކޮޅު އިއްތިހާދު (މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން) ހުއްޓުވަން ޖެހޭ ކަމަށާއި އެ އިއްތިހާދުގައި މާފިއާ ހިމެނޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ ދުވަސް ނޫހުން މިއަދު “އޮގަސްޓް 12،13 ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނަން: ޕޮލިސް” މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ރިޓްވީޓްކޮށް ކުރިއަށްދިޔަ ކަންވަޒޭޝަނެއްގަ އެވެ.
އަލްހާންގެ ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވަނީ އޮގަސްޓް 12،13 އަކީ މުގައްދަސް ދުވަސްތަކެއް ކަމަށް ދެކިގެން އުޅޭ ބަޔަކު އަމުދަކުން މި ގައުމުގައި ނުވެސް ނެތް ކަމަށާއި އެމްޔޫއޯ (އިދިކޮޅު ސިޔާސީ އިއްތިހާދު) ހުއްޓުވަން ޖެހޭ ކަމަށެވެ.
Augusts 12,13 Akee Muqadhas Dhuvasthakeh Kamahdhekigen Ulhey Bayaku Amdhakun Nuves Nei Miqaumaku! #MUO Huttuvanjehey https://t.co/a6jdhXi8bn
— Alhan Fahmy (@AlhanFahmy) August 12, 2016
އަލްހާންގެ އެ ޓްވީޓަށް މީހަކު ރައްދު ދިނުމުން އަލްހާން އިތުރަށް ވިދާޅުވެފައިވަނީ އަލްހާން އަކީ އެމްޑީޕީ މެމްބަރެއް ކަމަށާއި އެމްޔޫއޯގެ މެމްބަރެއް ނޫން ކަމަށެވެ. އަދި އެމްޔޫއޯގައި މާފިޔާ ހިމެނޭ ކަމަށްވެސް އަލްހާންގެ ދެވަނަ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
@KailaanZaki @dhuvasmv I am MDP. NOT #MUO. #MUO CONTAINS MAFIA!
— Alhan Fahmy (@AlhanFahmy) August 12, 2016
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ