ވަޒީރުން ހިތް ރުއްސައިގެން ކަންކަން ނިންމި ޒަމާން ގޮސްފި: ރައީސް ނަޝީދު

ސަރުކާރު ހިއްސާ ކުންފުންޏެއްގެ އިސްވެރިއެއް ނުވަތަ ވަޒީރެއްގެ ހިތްރުއްސައިގެން ކަންކަން ކުރި ޒަމާން ގޮސްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ނ. އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެމްޑީ ނުވަތަ ވަޒީރު ބޭފުޅަކު ރުއްސައިގެން ރަށްރަށުގެ ކަންތައްތައް ފުރިހަމަ ކުރި ޒަމާން ފާއިތުވެގެން ގޮސްފި ކަމަށެވެ.
އަދި ނިމިގެންދިޔަ މަޝްވަރާގެ ބައްދަލުވުމުން ހާމަވީ ދިވެހިރާއްގެ ބަދަލުވީ ތަން ކަމަށާއި މިއަދު އެމަނިކުފާނު ހުއްޓިގެން މިހުރީ އަނެއް ދިވެހިރާއްޖޭގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ހައްގުވާ މިންވަރުގެ ވާހަކަ ވެސް ދެއްކެވި ކަމަށާއި ނަމަވެސް އޭގެ 12 އަހަރުފަހުންވެސް ކުރަންމިޖެހެނީ އެއް ސުވާލުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު ދެކި މިތިބީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޚިޔާލުފާޅު ކުރުމުގެ ނިޒާމުގެ އިތުރަށް އިންސާނީ ހައްގުތަކާއި ބާރުތައް ވަކިކުރެވި ސިޔާސީ ހަރަކާތް ސުލްހަވެރިކަމާއެކީގައި ހިންގަން ފެށުމުން ގައުމުތައް ކުރިއަރައިގެންދާ ކަމަަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގަ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްރަށަށް އަދި އަތޮޅުތަކަށް ލިބޭނެ މަންފާތަކުގެ މައްޗަށް އަޅިއަޅުއްވާލައްވާ ގިނަ ވާހަކަތެއް މި ރަސްމިއްޔާތުގައި ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ