ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނައިދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެންބުނީ، ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނައިދޭން އެދި އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެތުރިފައިވާ ވާހަކަތަކަކާއި ގުޅިގެން ނެވެ.
ސީއެންއެމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމްއަށް ގުޅާލުމުން މިއަދު ވިދާޅުވީ ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނުމަށް އެކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.
ފޮނަދޫ ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ގެމައްޗަށް ކުރި ހޯދައި އެ ގޮނޑި މިފަހަރު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސިރާޖަށް ލިބިފައިވަނީ 944 ވޯޓެވެ. އަދުރޭއަށް ލިބިފައިވަނީ 937 ވޯޓެވެ. އެއީ ހަތް ވޯޓުގެ ތަފާތެކެވެ.
ފޮނަދޫ ދާއިރާގެ ވޯޓު އަލުން ގުނަން އެދިފައެއް ނެތް: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ