ރައްޔިތުން އިންތިޚާބުކޮށްދެއްވީ ނަޒާޙަތްތެރި މަޖިލީހެއް: ނަޝީދު

އިއްޔެ ބޭއްވި އިންތިޚާބުގައި ރައްޔިތުން އިންތިޚާބުކޮށްދެއްވީ ނަޒާޙަތްތެރި މަޖިލީހެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަޖިލީހުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. ރައްޔިތުން ޙަވާލުކުރެއްވި ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށާއި އެކަން ކޮށްދެއްވާނީ އަކުރުން އަކުރަށް ރަނުން ރަނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އެމްޑީޕީއަށް ދެއްވި ބޮޑު ތާއީދާއެކު ރައްޔިތުން ޢާއްމު ޙާލަތު ރަނގަޅު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ތަޢުލީމާއި ބޯހިޔާވަހިކަން ފަދަ މުހިންމު އެތައް ކަމެއް މިސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ