ރައްޔިތުންގެ މަޖިލީހުގެ ދުއްގަރު ދާއިރާގެ މެމްބަރ އަޙުމަދު ފާރިސް މައުމޫން، އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޟިރުވާން އަންގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނަށް ފާރިސް ހާޟިރުކުރަނީ އޭނާއާ ގުޅޭގޮތުން އެ މޮމިޝަނުން ކުރާ ތަހުގީގަކަށެވެ. މިކަމާއިގުޅިގެން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭސީސީއަށް އޭނާ ހާޟިރުވާން އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސްޢަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެމައްސަލައާ ދިމާކޮށް، ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.
ފާރިސް އޭސީސީއަށް ހާޟިރުވާން މާދަމާއަށް އަންގާފައިވީނަމަވެސް އެއީ ކޮން މައްސަލައެއްގައިކަމެއް އޭސީސީން ނުބުނެއެވެ.
މަޖިލިހުގެ ރައީސް ކަމުން މަސީހްވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުދަދުވަހު މަޖިލީހަށްހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާ، އެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކިރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް އެވެ.
މީގެ އިތުރުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތް ކަމަށްފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ބޭނުންވާނީ 42މެމްބަރުންގެ ވޯޓު ކަމަށާއި އެ ޢަދަދަށް، ވޯޓު ކަށަވަރުވެ، މަސީހްމަގާމުން ދުރުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
މަސީހު މަޤާމުން ވަކިކުރުމުގެ މައްސަލައިގެޖަލްސާ މި މަހުގެ 27 ގައި ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް މަސީހަށާއިމަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން އިއްޔެ ވަނީ ފޮނުވާފައެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާމެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފާރިސް މައުމޫން އޭސީސީއަށް ހާޟިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ