ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަހުމަދު ޒާހިރު އިސް ކުރައްވައިފި

ޖަސްޓިސް މިނިސްޓަރު ކަމުގެ މަގާމު ގައި ހުންނެވި އަހުމަދު ޒާހިރު، އެ މަގާމުން ވަކި ކުރައްވައި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ރައީސް މިއަދު އިސް ކުރައްވައިފި އެވެ.
އަހުމަދު ޒާހިރަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ރަސްމިއްޔާތުގައި، އެމަނިކުފާނަށް ހުވާލައި ދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް މުހަންމަދު ރަޝީދު އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ