ދެ އިންޖީނު ފެއިލްވެ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލެއަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި ބޭނުންކުރަމުން އަންނަ ދެ އިންޖީނެއް ފެއިލްވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، ކަރަންޓު ކެނޑުނީ އެ ކުންފުނިން ބޭނުންކުރަމުން އައި ދެ އިންޖީނެއް ފެއިލްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޫކޮށްފައިވާ ކަމަށާއި، އަނެއްބައި ސަރަހައްދުތަކަށް ވަރަށް އަވަހަށް ކަރަންޓު ލިބޭނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ، އިންޖީނު ފެއިލްވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އިންޖީނު ފެއިލްވާން ދިމާވި ސީދާ ސަބަބު ފަހުން އާންމުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ