މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބާއްވާ ޝަރީއަތަށް އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފިއެވެ.
މިއަދުގެ އަޑުއެހުން މެންދުރުފަހު 13:30 ގައި ފެށުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވި ނަމަވެސް އަދި ޝަރީއަތުގެ މަޖިލީސް ފެށިފައެއް ނުވެއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯޯރުވަން އުޅުނު ކަމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާއެވެ. ގާސިމް އިބްރާހިމް ވަނީ މިހުރިހާ ދައުވާ އަކަށްވެސް އިންކާރު ކުރައްވާފައެވެ.
ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ