ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބޭނުންފުޅުވާ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރާވައި ސައްލާ ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު
މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރައީސް ޔާމީން، މައުމޫނާ މެދު ކަންތައް ކުރެއްވީ އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މައްޗަށް، އިހުތިރާމު ކުރައްވަ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ.
"ރައީސް ޔާމީން ރައީސް މައުމޫނާމެދު ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. ޕާޓިގެ ވެރިއަކާމެދު ކަންތައް ކުރަންވީ ގޮތާއި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މައްޗަށް، އަދި އިހުތިރާމު ކުރައްވަ ބޭފުޅެއްގެ ހައިސިއްޔަތުން،" އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން މިވެރިކަން ވައްޓާލަން މާކުރިންވެސް ނިންމަވާފައިވާކަމަށް މުންދު ތުހުމަތުކުރެއްވިއެވެ. އަދި މައުމޫންގެ ހިޔާލު ބަދަލުވީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރޭވިފައިވާ ރޭވުންތައް ކާމިޔާބުނުވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުމޫން ބޭނުންފުޅުވާ މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ވަނީ ރާވާފައި: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ