އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ގުރުނަގައިފި

ޖުމްލަ 39 ޓީމު ބައިވެރިވާ މައިލޯ ދެވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ގުރުނަގައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ 10 އަކުން 23ގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުމުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފައި ވާއިރު، މިިފަހަރު ގެ މުބާރާތުގެ އުމުރު ފުރާތައް ބަހާލާފައި ވަނީ، ދެ ޖިންސު ހިމެނޭ ގޮތަށް ތިން އުމުރުފުރާއަކަށެވެ، އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށެވެ.
މިފަހަރުގެ މުބާރާތުގައި އެކި އުމުރުފުރާއިން އަންހެން 19 ޓީމާއި ފިރިހެން 20 ޓީމު ބައިވެރިވެއެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ 16 ޓީމާއި، 14 އަހަރުން ދަށުގެ 12 ޓީމު ހިމެނޭއިރު 16 އަހަރުން ދަށުގެ 11 ޓީމު ހިމެނެއެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ މާފުށި ސުކޫލް، އަރަބިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، ރެހެނދި ސްކޫލް، އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ކަލާފާނު ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ