އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާތައް ހުރިތަނަކުން ހޯދައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދުު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ދުވަހު ނ. މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގެ ތަހްގީގު ފައްޓަވާނެ ކަމަށެވެ. އެގޮތުން އެ ހިޔާނާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ޖަވާބު ދާރީކުރުވާނެ ކަމަށް ވިދާޅުވެ އިބޫ ވަނީ އޮޑިޓަރ ޖެނެރަލް އާއި އޭސީސީގެ މެމްބަރުންނަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވީ އެމްޕީއާރުސީގެ އެ ހިނާޔާތުގެ ސަބަބުން ގެއްލިގެން ދިޔައީ ތަރައްގީއަށްޓަކައި ކުރަން ހުރި މަޝްރޫއުތަކަށް ހޭދަކުރަންހުރި ފައިސާ ކަމަށެވެ. އެހެންކަމުން މިހާރުވެސް އެ ވައްކަމުގެ މައްސަލާގެ މައުލޫމާތު އެއްކުރައްވަމުންގެންދަވަ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެ މައުލޫމާތު އޮޑިޓަރ ޖެނެރަލް އާއި އޭސީސީން ހަމާކުރައްވަންޖެހޭ ކަމަށާއި ހާމަ ނުކުރައްވައިފި ނަމަ އެ ބޭފުޅުން ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނެ ކަމަށާއި އަދި މި މައްސަލައިގައި އެ ބޭފުޅުން ޖަވާބުދާރީ ވެސް ކުރުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ނ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ވިސްނާއިރު, އެ އަތޮޅުގައި ހުރި ހުރިހާ ފަޅުރަށެއްހެން ދީ ހުސްކޮށްފައިވާ ކަމަށާއި ދެތިން މީހުނަށް އެއް ރަށެއް ދޫކޮށްފައިވާ މައްސަލަ ވެސް ކޯޓްތަކުގައި އުޅޭ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫވަނީ މަނަދޫގެ ރައްޔިތުންނަށްވެސް ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެ ގޮތުން އެރަށުގައި ފްލެޓް އަޅައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް އިންސާފުވެރިކަމާއެކު ބެހިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެހެންމެ އަތޮޅު ޓާމިނަލް އެއްގާއިމުކޮށް އެހެން ރަށްރަށުން ގެންނަ ކާބޯތަކެތި ގެނެސް ވިއްކާނެ މާރުކޭޓެއް މަނަދޫގައި އަޅާ ކަމަށް ވެސް އިބޫ ވަނީ އެރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރިތަނަކުން ހޯދާނަން: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ