ޑރ. ޝަހީމް އާއި އެކު ޕީޕީއެމްގެ ދޮރުން ދޮރަށް ހަރަކާތް ފަށައިފި

ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ދޮރުން ދޮރަށް ހަރަކާތް ރައީސް އަބްދުﷲ ޔާމީންގެ   ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އާއި އެކު ފަށައިފިއެވެ.
މިއަދު ޕީޕީއެމް އޮފިސް ސަހަރައްދުން ފެށި މި ހަރަކާތުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ރަނިއްމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޑރ. ޝަހީމް އާއި އެކު ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ އިސް ވަޒީރުންނާއި  ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އިތުރުން ޕީޕީއެމްގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
ދޮރުން ދޮރަށް ހަރަކާތް ޑރ. ޝަހީމް އާއި އެކު މިއަދު ފަށާފައިވާއިރު އެ ހަރަކާތާއި ބެހޭ ގޮތުން މީޑިއާ ތަކަށް މައުލޫމާތު ދެމުން ޑރ. ޝަހީމް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތުގައި މާލޭގެ ގެތަކަށް ގޮސް ރައީސް ޔާމީނަށް ކެންޕޭންކޮށްދެއްވުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޕީޕީއެމް އަކީ ރައްޔިތުންގެ އަޑު އަހާ ޕާޓީއެއްކަމުގައި ބުނަމުން ޑރ ޝަހީ މް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން  ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ވަޒީރުން އިސްނަންގަވައިގެން ޕާލިމެންޓް މެންބަރުންނާއި ގުޅިގެން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދޮރުން ދޮރަށް ހަރަކާތަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު އިތުރު ކުރުމަށް ހިންގާ ވަރަށް ވަރުގަދަ ހަރަކާތެއް. އަދި މިހާރުވެސް ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަށް އަންނަނީ އިތުރު ވަމުން. ޕީޕީއެމް އަކީ ރައްޔިތުންގެ އަޑު އަހާ ޕާޓީއެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ .ޝަހީމް ގެ އިތުރުން ކެބިނެޓްގައި ތިއްބެވި ވަޒީރުންނާއި ޕީޕީއެމްގެ ޕާލިމެޓް މެންބަރުންވެސް ވަނީ މިއަހަރުގެ ރިޔާސީ ދައުރުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ދެވަނަ ދައުރަކަށް އިންތިހާބު ވާނެ ކަމުގައި ވިދާޅުވެފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ