ގާސިމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފިއެވެ.
މީގެ އިރުކޮޅެއްކުރިން ގާސިމް ފުލުސް އޮފީހަށް ހާޒިރުވީ، ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން، ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު އެންގުމާއި ގުޅިގެންނެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮން މައްސައަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވިއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ތިން ދައުވާއެއް އުފުލާފައެވެ. އެދައުވާތަކުގެ ޝަރީއަތް މިހާރު ފަށާފައި ވާއިރު މިމަހުގެ 23 ވަނަ ދުވަހު އެދައުވާތަކަށް ގާސިމް ޖަވާބުދާރީވުމަށް އަޑުއެހުމެއް ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ދައުވާތައް ގާސިމްގެ މައްޗަށް އުފުލި ފަހުން ފުލުހުން ވަނީ ގާސިމްގެ އޮފީހާއި އޭނާ ދިރިއުޅުއްވާގެ ފާސްކޮށް ގާސިމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ