ސްކޫލް ކުދިންނަށް ފުލުހުން މައުލޫމާތު ދީފި

އައްޑޫގެ ތިން ސްކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
މި ތިން ސްކޫލުގައި ވެސް އެއް ގަޑިއެއްގައި ކުރިއަށް ދިޔަ މި ސެޝަންތަކުގައި އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ވަނީ ފޭރުމާއި ވައްކަމާއި މާރާމާރީ އާ ބެހޭ ގޮތުން މަޢޫލޫމާތު ދީފަ އެވެ. އަދި މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ވެސް އެ ދަރިވަރުންނާއި ވަނީ ހިއްސާކޮށްފަ އެވެ.
މަރަދޫފޭދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ބައްދަލު ވުމުގައި މަރަދޫ ފޭދޫ ސްކޫލުގެ ބެލެނިވެރިންނަށް ވަނީ ގެވެށި އަނިޔާ މުޖުތަމަޢުގައި އާންމު ވަމުން އަންނަ މައްސަލައާއި ސްކޫލުގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންތައްތަކާއި ބެލެނިވެރިންނަށް މިފަދަ މައްސަލަތަކުގައި އަމަލު ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދީފަ އެވެ.
މީގެ އިތުރުން ސ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޓްރެފިކް މައްސަލަތަކާއި ޓްރެފިކް ޤަވާއިދުތަކާއި ޤާނޫނާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފަ އެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މި ސެޝަންތަކަކީ ފުލުހުންގެ ބިޒަންސް ޕްލޭންސް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ކުށް ކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑި އަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ