ހުޅުމާލޭގައި ހުންނަ އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް ބުރިކޮށްލައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލޭގައި ކީރިތި ޤުރުއާން ހިތު ދަސްކުރާ އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް މީގެ ދެ ދުވަސްކުރިން ބުރިކޮށްފައި ހުއްޓާ ރަނގަޅުކުރި އިރަށް އަނެއްކާ ބުރިކޮށްލާފައިވާ ކަމަށެވެ.
ފުލުހުން މިކަން ތަޙުޤީޤު ކުރުމަށް ގޮވާލާ ކަމަށާއި ކެމެރާތަކުން ބަލައި މި ސެންޓަރަށް އަމާޒުކޮށްގެން މިކަން ކުރަމުން މިދަނީ ކޮން ބައެއްކަން ހޯދުން މުހިންމު ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިލްމް އިންސްޓިޓިއުޓަކީ ޤުރްޢާން ކިޔެވުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ އިންސްޓިޓިއުޓެކެވެ.
އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް ބުރިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ