ރާއްޖެ ނުވަ އެވޯޑަކަށް ވާދަ ކުރާތީ ވޯޓުލުމުގެ ހަރަކާތެއް ބާއްވަނީ

ވޯލްޑް ޓްރެވަލް އެވޯޑެއް ހޯދުމަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަތުން ރަމްޒު ކޮށްދޭކަމެކެވެ. މި އެވޯޑަކީ ހޮސްޕިޓާލިޓީ ސްޓޭންޑަޑްތަކަށް ބެންޗްމާކެއް ކަނޑައެޅިގެންދާ އެވޯޑެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ނު އެވޯޑަކަށް ރާއްޖެއިން ވާދަ ކުރާތީ ތާއީދު ހޯދުމަށާއި ރާއްޖޭގެ އާދަޔާ ހިލާފު ރީތިކަން ދައްކުވައިދިނުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ -ވިޒިޓް މޯލްޑިވްސް) މާދަމާ ހެނދުނު 9:15 އިން މެންދުރު ފަހު 1:15 އަށް ވެލާނާގޭ ވޯޓިން އިވެންޓެއް ބާއްވަން ވަނީ ނިންމައިފިއެވެ.
މި އިވެންޓް އޮންނާނީ ގްރައުންޑް ފްލޯގަ އެވެ.އެމްއެމްޕީއާރްސީން ބުނީ ކުރިންވެސް ވޯޓުލާ މީހުނާއި ދަތުރުފަތުރުގެ މާހިރުންގެ މެދުގައި ރާއްޖެ ވަރަށް ބޮޑަށް މަގުބޫލުވެ ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި ލީޑިން ޑެސްޓިނޭޝަނ،ް ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޓޫރިސްޓް ބޯޑް ފަދަ އިންޑިއަން އޯޝަންގެ ކެޓަގަރީގެ ގިނަ އެވޯޑްތައް މީގެ ކުރިން ރާއްޖެ ހޯދާފައިވާ ކަމަށާއި އަމާޒަކީ މިއަހަރު އަނެއްކާ ވެސް އިންޑިއަން އޯޝަން ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި އޮތް މަގާމު ހޯދުން ކަމަށެވެ. މީގެ ތެރޭގައި ވޯލްޑް ޓްރެވަލް އެވޯޑުގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ ޖެހިޖެހިގެން ހަތަރު އަހަރު ހޯދުމާއި އެމްއެމްޕީއާރުސީން ޖެހިޖެހިގެން ދެ އަހަރު ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑުގެ ލަގަބު ހޯދާފައިވާ ހޯދުން ދެމެހެއްޓުން ވެސް ހިމެނެއެވެ.ވެލާނާގޭގައި ބާއްވާ ވޯޓިން އިވެންޓަކީ ޝަރަފުވެރި އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ކަމެއް ކަމަށާއި މި ވޯޓް ގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖެއަށް ތާއީދު ކުރުމުގެ ފުރުސަތު އޮތުމުގެ އިތުރުން ނެޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ހެޔޮއެދުންތަކާއެކު އައިޓީއޭޑަބްލިއު ޓްރެވެލްސް އިން ސްޕޮންސަރކޮށްފައިވާ ހިލޭ ޗުއްޓީ އަކާއެކު ރެފްލް ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދެ އެވެ.ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ފެށި ޓްރެވަލް އަދި ޓޫރިޒަމް ސިނާއާތުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. ވޯލްޑް ޓްރެވަލް އެވޯޑުގެ އިނާމު ދިނުމުގެ ޕްރޮގްރާމުގައި އެކި ދާއިރާތަކުން މޮޅުކަންކަން ފާހަގަ ކުރާއިރ،ު ސަރަހައްދީ ގޮތުން ކުރިއަށްގެންދާ އެކި ހަފްލާތައް ނިންމާލަނީ ގްރޭންޑް ފައިނަލަކަށެވެ. ވޯލްޑް ޓްރެވަލް އެވޯޑެއް ހޯދުމަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަތުން ރަމްޒު ކޮށްދޭކަމެކެވެ. މި އެވޯޑަކީ ހޮސްޕިޓާލިޓީ ސްޓޭންޑަޑްތަކަށް ބެންޗްމާކެއް ކަނޑައެޅިގެންދާ އެވޯޑެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ