ރާއްޖޭގެ ސްކައުޓުން ހޯދާ ކާމިޔާބީ ސަރުކާރުން ބަލައިގަނޭ: ނައިބު ރައީސް

ރާއްޖޭގެ ސްކައުޓުން ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބީތައް ސަރުކާރުން ބަލައިގަންނަކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ސްކައުޓް ޖަމްބަރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެކުދިންނާ ބައްދަލުކުރައްވާ ނައިބުރައީސް ވިދާޅުވީ، ދިވެހި ސްކައުޓުންނަކީ އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށެވެ. އަދި ދިވެހި ސްކައުޓުންނަކީ ކަންކަން ކުރަން ކެރޭ މުރާލި ބައެއްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ސްކައުޓުންނާ ބައްދަލުކުރައްވާ ނައިބުރައީސް ވަނީ އެކުދިންނަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން، ނަމާދުގެ މުހިއްމުކަމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަޑިން ގަޑިއަށް ނަމާދު އަދާކުރުމުގައި ދެމިތިބެންވާނެކަމަށެވެ. އަދި، ދިމާވާ މީހުނަށް އިހުތިރާމްކުރާ ބަޔަކަށް ސްކައުޓުން ވާންވާނެކަމަކަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން، ދަތުރުތަކުގައި އެކި މިޒާޖުގެ މީހުނާއި ދިމާވާނެކަމަށާއި، އޭގެ ތެރެއިން ރަހުމަތްތެރިންގެ ގޮތުގައި ހިޔާރުކުރަންޖެހޭނީ ރަނގަޅު ބިނާކުރަނިވި މީހުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ