ޓީވީ އިންޓަވިއުދީ ދަތުރު ކުރަން ހުއްދަ ނުދޭތީ ޔާމީންގެ ސުވާލެއް

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ނުދީ އޮތުމުން އެކަމާއި ސުވާލު ކުރައްވާފައެވެ. އެއީ ސަރުކާރަށް އެހާ ދަތި ކަމެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
އެދިވަޑައިގެންފައިވާ ބައެއް ކަންކަން ކުރުމަށް ބަންދަށް ލުއި ނުދެއްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވާ އެމަނިކުފާނަށް ލުއިތަކެއް ދިނުމަށް މި ސަރުކާރަށް އެހާ ދަތި ކަމަކަށް ވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފި އެވެ.
ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައި 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ވަރަށް ގިނަ ދުވަސްތަކެއް ގައި ޖަލުގައި ހުންނެވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ރައީސް ސޯލިހް ވަނީ ޔާމީންގެ ބަންދަށް ލުއިތަކެއް ދެއްވަން ނިންމަވާ ޖަލު ބަންދުން ގެ ބަންދަށް ބަދަލު ކުރައްވާފައެވެ.އަދި ސިއްހީ ސަބަބުތަކަށްޓަކާ ކުޅިވަރު ކުޅުމަށް ވަޑައިގަަތުމާއި އެ ނޫން ބައެއް ކަންކަމަށް ވެސް ލުއި ދެއްވި އެވެ. ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ޔާމީންގެ ބަންދަށް އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ.އެކަން ފާހަގަ ކުރައްވާ ރޭ ޕީއެންއެފް އޮފީހުގައި އޮތް ބައްދަލްވުމެއް ގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ނުދީ އޮތުމުން އެކަމާއި ސުވާލު ކުރައްވާފައެވެ. އެއީ ސަރުކާރަށް އެހާ ދަތި ކަމެއްތޯ ވެސް ސުވާލު ކުރެއްވި އެވެ."މިހާރު މިއޮތީ އަޅުގަނޑުމެން ގެނައި ސަރުކާރެއް. އެހާ ބޮޑު ގާނޫނީ ހުރަހެއް އޮވެގެން ނޫނީ އެހާ ބަޔަކު ކުށްވެރި ކުރާ ކަމަކަށް ވާނެތޯ މި ސަރުކާރުން އަޅުގަނޑު ޓީވީ އިންޓަވިއު ދިނުމާއި ޕޯޑިއަމް ގައި ވާހަކަ ދެއްކުމާ މިކަހަލަ ކަންކަން ކުރަން އަދި ތަންތަނަށް ދަތުރު ކުރުމާ މިކަންކަން ކުރަން އަޅުގަނޑަށް މިނިވަންކަން ދިނުމަކީ މި ސަރުކާރަށް އެހާ ދަތިކަމެއްތޯ،" ޔާމީން ސުވާލު ކުރެއްވި އެވެ.ގެ ބަންދު ގައި ހުންނެވި ނަމަވެސް ސިޔާސީ ބައްދަލްވުންތަކަށް ވަޑައިގަތުމާއި ބައްދަލްވުންތަކާއި ޖަލްސާ ތަކުގައި ވާހަކަ ދެއްކެވުމަކީ ރައީސް ޔާމީނަށް ދެއްވާފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ޕާޓީގެ އޮފީހަށް ވަޑައިގަތުން ވެސް ލުއިތަކުގެ ތެރޭގައި ނުހިމެނެ އެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ ގަވާއިދުން ޕީއެންއެފް އޮފީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ފުރަތަމަކޮޅު ޕޯޑިއަމަށް އަރާ ވަޑައިގެން ދިގުކޮށް ތަގުރީރު ވެސް ކުރައްވައެވެ. ނަމަވެސް އެކަން ހުއްޓާލަން ކަރެކްޝަނުން އެންގުމުން ފަހުން އެމަނިކުފާނު އަމަލު ކުރައްވާ ގޮތަކީ ޖަލްސާގެ ހާޒިރީންގެ ގޮނޑިކޮޅުގައި އިންނަވާ ކުރުކޮށް ވާހަކަ ދައްކަވަނީ އެވެ.ޕީއެންއެފް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެއީ މަނާ ކަމެއް ކަން ކަރެކްޝަނުން ތަކުރާރުކޮށް ވަނީ އަންގާފައެވެ. އަދި އެކަން ބަލާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ފިޔަވަޅެއް އަޅާކަށް ނުކެރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ